ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ޔުނީފޯމު، ފަޓުލޫނު އަދި ކެޝުއަލް ޓީޝާޓް ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ކުންފުނީގެ ސެކިއުރިޓީ ޔުނީފޯމާއި، ސްޓާފުންގެ ފަޓުލޫން އަދި ކެޝުއަލް ޓީޝާޓް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް 26 ޖޫން 2016 ގައި ކުރެވުނު MGPL-I/PD/2016/13 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ މިންވަރަށް ބޭފުޅުން ހާޒިރުވެވަޑައިގަންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 12:00 އަށް |
2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް |
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑްމަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯނު: 3335614