ދިވެހިރާއްޖެ
މިއީ 02 ޖޫން 2016 ގައި ކުރެވުނު އިޢުލާން ނަމްބަރު (IUL)166-Schol/166/2016/68 އަށް ތިރީގައިވާ ކޯހަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ. |
|||||
ކޯހުގެ އަދަދު |
ޤައުމު |
ކޯހުގެ މުއްދަތު |
ކޯހުގެ ފެންވަރު |
ކޯސް |
|
02 |
ކޮރެޔާ |
02 އަހަރު |
މާސްޓަރސް |
ގްލޯބަލް ލީޑަރސް އިން އެންވަޔަރަންމަންޓް ޕޮލިސީ |
|
1. ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން 2. 1 ސެޕްޓެންބަރު 2016 ގެ ނިޔަލަށް 45 އަހަރު ވެފައިނުވުން 3. ކޮރެއަން ސްކޮލަރޝިޕެއްގައި މީގެކުރިން ބައިވެރިވެފައިވާ ފަރާތެއްކަމުގައި ނުވުން. 4. ސަރުކާރުގެ މުއައްސަސާއެއްގައި 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. 5. ސްކޮލަރޝިޕް ފުރިހަމަ ކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީގައި މަސައްކަތް ކުރުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން. 6. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 16 ޖޫން 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލްކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. 7. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ އެއްވެސް ޝަރުޠަކާހެދި 'ޑިސްކޮލިފައި' ވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ. މިއުސޫލު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައި ވާނެއެވެ. |
ކޯހުގެ ޝަރުޠުތައް: |
||||
|
އިތުރު މަޢުލޫމާތު: |
||||
|
ހުށަހަޅަންޖެހޭ ތަކެތި |
||||
ސުންގަޑި: 16 ޖޫން 2016 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަންފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|||||
އިތުރު މަޢުލޫމާތު 3341325 އަދި 3018330 އިން ލިބިވަޑައިގަންނަވާނެއެވެ. |