ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ލ. ފޮނަދޫގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ލ. ފޮނަދޫގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރްއާން މުދައްރިސެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 1

މުސާރަ:  އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު:  ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު:  ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

      2 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

03 ރަމަޟާން 1437

09 ޖޫން 2016
ހޯދާ