ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި މަދަރުސާގެ އެކި ބޭނުންތަކަށް ކުރަންޖެހޭ ޕިކަޕް ދަތުރުތައް ވިޔަފާރި އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މަދަރުސާއިން ކުރި ނަންބަރު: (26-05-2016) GS-30/IUL/2016/11 ގެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވީ އެންމެ ފަރާތަކުންކަމަށް ވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވުމާއެކު، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.
އައިޓަމް/ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
16-06-2016 |
ބުރާސްފަތި |
10:30 |
ގދ.އަތޮޅު މަދަރުސާގެ އިދާރާ |
އަންދާސީހިސާބު ހުށަހެޅުއްވުން |
22-06-2016 |
ބުދަ |
10:30 |
ގދ.އަތޮޅު މަދަރުސާގެ އިދާރާ |
04 ރަމަޟާން 1437