މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮގް މެޝިނެއް ހޯދުމަށް

އިޢުލާން

ފޮގް މެޝިނެއް ހޯދުމަށް ބޭނުންވެއްޖެ

މަދިރިއަށް ފޮގްކުރުމަށްޓަކައި ފޮގް މެޝިނެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)311/311/2016/46 (31 މޭ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މަދިރިއަށް ފޮގް ކުރުމަށްޓަކައި ފޮގް މެޝިނެއް ގަތުމަށް ބޭނުންވެއެވެ. ފޮގް މެޝިނެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 14 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ 20 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

03 ރަމަޟާން 1437

08 ޖޫން 2016
ހޯދާ