ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑުރީ މަރާމާތުކުރުމާ ބެހޭ:
ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑުރީގައި މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލުގެ ނަންބަރު: (IUL)SH-FAH-RM/SH-FAH/2016/18 (19 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކުރުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ށ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
04 ރަމަޟާން 1437