ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ޑޭޓާބޭސް ހެދުމަށް ނެޝަނަލް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.
މަޤާމު: ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރިފަރެންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓްގެ http://eedp.moe.gov.mv/#/ "ޑައުންލޯޑްސް" އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖޫން 2016 ގެ 13:00 ގެ ކުރިން އެދުރުހިޔާ އިމާރާތުގެ 09 ވަނަ ފަންގިފިލާއަށް، ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެޑްރެސްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341280 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
އަޒްހާ ޒަމީރު
އެސިސްޓެންޓް ޑިރެކްޓަރ
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް
09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 3341280
އީމެއިލް: [email protected]
މަޤާމަށް ހޮވުން:
- މި މަސައްކަތަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.
އިތުރު މައުލޫމާތު:
- މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ނަންބަރު 3341280 އާ ގުޅުއްވުން އެދެމެވެ.