ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޑިރެކްޓަރ
ބޭނުންވާ އަދަދު: 01
ރޭންކް: EX1
ކްލެސިފިކޭޝަން: ޑިރެކްޓަރ
މުސާރަ: -/8835 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާތަނާއި ރަށް : ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ
ޝަރުޠު:
- އެކައުންޓް ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓް ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓް ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބަޖެޓްގެ އެކައުންޓްތަކާއި އަދި ބަޖެޓާނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ޤަވާއިދުން ބެލެހެއްޓެވުމާއި، ފައިސާއާ ބެހޭގޮތުން އޯޑިޓް އޮފީހަށާއި އަދިވެސް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ހަދައި ފޮނުވުން.
- އިންސްޓިޓިއުޓަށް ލިބޭ ބޭރުގެ އެހީގެ ތަކެއްޗާއި، ފައިސާގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި މިކަމާގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން .
- އޮފީހުގެ ޕްރޮކިއުމަޓާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުން،
- ތަފާތު ކޯސްތަކާއި ވާރކުޝޮޕް އަދި ޓުރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ފަރާތްތަކަށް އެލަވަންސާއި ޢިނާޔަތް ދިނުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކުރަމުން ގެންދިއުން .
- ރާއްޖެއިން ބޭރުން ގެނެވޭ ކޮންސަލްޓަންޓުންނާއި، ވޮލެންޓިއަރުންގެ ދަތުރުފަތުރާއި އެކަމަޑޭޝަނާއި އަދިވެސް ފައިސާއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
- މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެ ތަންތަނުގައި ހުންނަ އެންމެހައި ތަކެތި ބެލެހެއްޓުމާއި، ބާވާތަކެއްޗާއި ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަން ޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކަންތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތަށް ކުރަމުން ގެންދިއުން.
- މަރުކަޒު ހިނގަމުންދާ ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމްހަމަޖެއްސުން.
- ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ހޯދައި ގެނެސްދީ ހެދުމުގެ އެންމެހައި އިންތިޒާމުތަކެއްކޮށް ބެލެހެއްޓުން.
- އަތޮޅުތެރެއަށް ކުރަންޖެހޭ ދަތުރުތަކާ ގުޅިގެން ފައިސާއާ ބެހޭގޮތުން އިންތިޒާމު ކޮށްދޭންޖެހޭ އެންމެހައި ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހަމަޖައްސައިދިނުން.
- ކުއްޔަށް ހިފާފައިވާ އެންމެހައި ޢިމާރާތްތަކާއި އަދި ކުއްޔަށް ހިފަންޖެހޭ ޢިމާރާތްތަކާ ބެހޭގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.
- އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
- ފަސޭހަކަމާއެކު މުވައްޒަފުންނައް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން.
- ޔުނިޓުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވައި ޔުނިޓުގެ މަސައްކަތްދާ ގޮތް ހަފުތާއަކު އެއްފަހަރު ޑިޕާޓްމަންޓުގެ ވެރިޔާއަށް ރިޕޯޓު ކުރުން.
- ސިވިލް ސާރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔުނިޓުގެ މުވައްޒަފުންގެ ޓާގެޓް ރިވިއުކުރުމާއި އަދި އަހަރު ނިމުމުން މުވައްޒަފުން އެޕްރައިޒް ކުރުން.
- ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
- މި އިންސްޓިޓިއުޓްގެ މަސަކަތްތަކާގުޅޭގޮތުން އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގުދައްކައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދީ މެހުމާންދާރީ އަދާކުރުން.
- އެހެން ޑިޕާޓްމަންޓްތަކުން ރާވައި ހިންގާ ކަންކަމުގައި އެހީތެރިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
ނ. ގާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން
ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
ޢިނާޔަތްތައް:
މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
އިންޓަރވިއު ކުރުން.
މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20 ޖޫން 2016 އާއި 30 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.
އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.
ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ޅ- ދިވެހި ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 19 ވަނަ ދުވަހުގެ 13:30 ގެ ކުރިން.