ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2016 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2016 ޖޫން 12 ން ފެށިގެން 2016 ޖުލައި 03 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ. ސެންޓަރުތަކުގެ ނަމުގައި ބައިވެރިވެވޭނީ، ހަމައެކަނި 2016 މާރިޗުމަހުގައި ކިޔެވުންފެށި ދަރިވަރުންނަށެވެ. އަދި ޕުރައިވެޓް ސެންޓަރެއްގެ ނަމުގައި ބައިވެރިވެވޭނީ އެއްވެސް ސްކޫލްސެންޓަރެއްގައި ރަޖިސްޓަރީނުވެ މުޅިން އަމިއްލަގޮތުން ކިޔަވާ ދަރިވަރުންނަށެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 13:45 އަށެވެ. ފޯމު ހުށަހަޅާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަންފޯމާއި ފީ ޝީޓު މި ޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
03 ރަމަޟާން 1437