ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ފޮޅައި ސާފުކޮށް ކުނިއުކައިދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
1 އަހަރު ދުވަހުގެ މުއްދަތަށް، މި އޮތޯރިޓީގެ އޮފީސް ފޮޅައި ސާފުކޮށް ދުވަހުން ދުވަހަށް ކުނިއުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީ (ހ. ފުލިދޫގޭ، 2 ވަނަ ފަންގިފިލާ) އަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު:
- އޮފީހުގެ ބޮޑުމިން: 2150 އަކަފޫޓު (2 ފާޚާނާ، 1 މީޓީންގ ރޫމު، 1 ސައިކޮޓަރި ހިމެނޭގޮތަށް)
- ފޮޅާސާފުކުރުން: ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 ގައި އޮފީސް ފޮޅައި ސާފުކުރުން
- ކުނިއުކާލުން: ކޮންމެ ރަސްމީ ދުވަހެއްގެ 15:00 ގައި އޮފީހުގައި ހުންނަ ކުނިއުކާލުން
އިތުރު މަޢުލޫމާތު ހޯދުމަށް
- ފޯނު: 3010551
- ފެކްސް: 3010552
- އީ-މެއިލް: [email protected]
03 ރަމަޟާން 1437
08 ޖޫން 2016
ހޯދާ