މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށްދޫކުރަން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

ރެސްޓޯރެންޓް / ކެފޭ ހިންގުމުގެ ޚިދުމަތްދިނުމަށް މިރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށުން، ބަނދަރުގެ ދެކުނުކޮޅު ހުރަސްތޮށީގެ ދެކުނުން، ކުޑަހުރާ ޓެނިސްކޯޓާ ދެމެދުން، މޫދު ސަރަޙައްދުން 3000 އަކަފޫޓު ހިމެނޭގޮތަށް އެއްގަމުން 3000 އަކަފޫޓު، ޖުމުލަ 6000 (ހަހާސް) އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރަން ކަނޑައަޅާ، މި އިދާރާގެ ނަންބަރު(IUL)334/334/2016/24  (5 އެޕްރީލް 2016) އިޢުލާނުން ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާ ގުޅިގެން، ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލުމަށް ކަނޑައަޅައިފީމެވެ.

މިގޮތުން ގިނަވެގެން 20 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމުގައި ރެސްޓޯރެންޓް / ކެފޭ އަޅައި ހިންގުމުގެ މަސައްކަތަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު، ޕެންޝަން ސްކީމަށާއި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާނަމަ، ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ ބިޑްފޯމު، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގައި މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައަޅާނީ މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމުގައެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. ބިޑް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން ސިޓީއުރައިގެ ބޭރުގައި ޖައްސަވަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ