މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަޢޫދީ ރަސްގެފާނު ހަދިޔާކުރައްވާފައިވާ ކަދުރު ބެހުމާ ބެހޭ

އިޢުލާން

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިހިނގާ 1437 ވަނަ އަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ރަސްގެފާނު، ކަދުރު ހަދިޔާ ކުރައްވާފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީން އަންގަވައި އެ ކަދުރު މިހާރު ވަނީ މި މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މާލެއާއި ވިލިނގިލި އަވަށު ރައްޔިތުންނަށް ބެހުމަށް ލިބިފައިވަނީ 7840 ކިލޯ ކަދުރެވެ. އެއީ 2 ކިލޯގެ 392 ޕަކެޓެވެ.

މާލެސިޓީގައި ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް 2 ކިލޯގެ 1 ޕަކެޓެވެ. މާލޭ ރަށްވެހިންނަށް ކަދުރު ދޫކުރާނީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމުންނެވެ. ކޮންމެ ބޭފުޅަކަށް ދޫކުރާނީ 2 ގޭ ބިސީގެ ކަދުރެވެ. މާލޭ ރަށްވެއްސެއް ކަމަށް ބަލާނެ ހެތްކަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދަފުތަރުގައި ޖައްސަވާފައިވާ ބޭފުޅެއްނަމަ މާލޭގެ ރަށްވެއްސަކަށްވުމުގެ ސެޓުފިކެޓުގެ ކޮޕީއެވެ. މިގޮތަށް ހަމަޖެއްސީ މާލޭގެ ރަށްވެހިންނަށް ބެހުމަށް ދޫކޮށްފައިވާ ކަދުރު ވީހާވެސް ގިނަ ރަށްވެހިންނަށް ބެހުމުގެ ބޭނުމުގައެވެ.

ކަދުރު ބެހުމަށް ހަމަޖައްސާފައިވާ ގަޑިތައް

ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު  10:15 ން 14:00 އަށް

ހޮނިހިރު ދުވަސް           ހެނދުނު  10:15 ން 14:00 އަށް

ނަންބަރު ދޫކުރާނީ ހުކުރުދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 09:00 ން 10:00 އާ ދެމެދުގައެވެ. ދޫކުރާނީ 100 ނަންބަރެވެ.

ކަދުރުބަހާނީ، 2016 ޖޫން 11 ވާ ހޮނިހިރު ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ. ކަދުރު ބަހާނީ މި މިނިސްޓްރީގެ އާންމު ޚިދުމަތްތަކާބެހޭ ބައިން (ތައިސޭ ކޮށި) ނެވެ. ވިލިނގިލީ އަވަށުގެ ރަށްވެހިންނަށް ކަދުރު ބަހާނީ، ވިލިނގިލީ އަވަށުގައި ހުންނަ ވިލިނގިލީ ޔުނިޓުންނެވެ.

07 ޖޫން 2016
ހޯދާ