މަޤާމު
|
މަސައްކަތު (އަންހެން)
|
ސެކްޝަން
|
އެޑްމިނިސްޓްރޭޝަން
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1
|
މަޤާމުގެ ރޭންކް: SS1
|
މުސާރަ
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- ލިޔަންކިޔަން ދަތުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިމާރާތްތަކާއި ގޯތިތެރެއާއި އިމާރާތް ވަށައިގެންވާ ބައި ފޮޅައި ސާފުކޮށް ކުނިކަހައި ބެލެހެއްޓުން
|
މަޤާމު
|
ބަލިމީހުން ބަލަހައްޓާ (1 ފިރިހެން/ 1 އަންހެން)
|
ސެކްޝަން
|
އެޑްމިނިސްޓްރޭޝަން
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
މަޤާމުގެ ރޭންކް: SS2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް މުޚާޠަބު ކުރުމާއި ފަރުވާތެރިކަމާއެކު އެމީހުން ފެންވަރުވައި ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓަމުންދާ މީހުން ނިދާ އެނދުތަކުގައި ތަންމަތި އަޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓަމުންދާ މީހުން ތިބޭ ގޭގޭގެ ފަންކާތަކާއި ފަރުނީޗަރާއި ކެއުމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ ޑިޔުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
- މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް ބޭނުންވާ އަންނައުނާއި ދަތްއުނގުޅާބޭހާއި ރީތިވާސާމާނު ފަދަ ތަކެތި މަރުކަޒުގައި އެކަމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ހޯދައިދިނުމާއި އަމާނާތްތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓާ މީހުންނާ ގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެހުންނަވާ ބޭފުޅެއް އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
- އެއްވެސް ޙާލެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް މަރުކަޒުން ބަލަހައްޓާ މީހުންނަށް ނުކުރުމާއި އެމީހުން އެކަކު އަނެކަކަށްދޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުމާއި އެމީހުން އަމިއްލައަށް ލިބޭ ގެއްލުންތައް ލިބުނަނުދީ އެފަދަ ޢަމަލުތައް ހުއްޓުވުން.
- މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ބަންދުކުރެވިފައިވާ މީހުންނާއި ވާރޑްތަކުގައި ތިބޭ މީހުންގެ ހާލު މަދުވެގެން ކޮންމެ 15 މިނެޓަކުން ބަލައި ޗެކްކުރުން.
- މަރުކަޒުން ބަލަހައްޓާމީހުންގެ ތެރެއިން މަސައްކަތްކޮށް އުޅެވޭ މީހުން ލައްވައި މަސައްކަތް ކުރުވުމާއި ތަފާތު ކުޅިވަރުތައް ކުޅުވުމުގައި އެހީތެރިވުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
|
ސުންގަޑި:
|
15 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޯމު ހުށަހެޅުން.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ 10 ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ޖޫންމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.
|