ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމުގެ ނަން: އެސިސްޓެންޓް ލީގަލް އޮފިސަރ
މަޤާމުގެ ބާވަތް: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/8500 ރުފިޔާ
ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
- ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45
މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް:
- ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް ހަލުވިކަމާއެކު، ފުރިހަމައަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުން.
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިދާރީ ހިންގުމުގެ ކަންތައްތަކުގައި ބޭނުންވާ ޤާނޫނީ ލަފާދިނުމުގައި އެހީތެރިވުން.
ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނޯޓު: މީގެ އިތުރުން މި މަޤާމަށް މީހަކު ހޮވުމުގައި ލޭބަރ ލޯ އިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މަސައްކަތްކުރަންޖެހޭ ތަން: މި މަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފައާބެހޭ ޓްރައިބިއުނަލުގައެވެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ބާވަތް: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/6295
ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
- ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45
މަޤާމުގެ ވާޖިބާއި މަސްއޫލިއްޔަތުތައް: މި މަޤާމުގައި އިދާރީ މަސައްކަތްތައް ކުރުމާއި، ފައިސާއާބެހޭ މަސައްކަތާއި، ޕްރޮކިއުމެންޓް މަސއްކަތް ކުރަންޖެހޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން. ނުވަތަ؛
2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަސައްކަތްކުރަންޖެހޭ ތަން: މި މަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފައާބެހޭ ޓްރައިބިއުނަލުގައެވެ.
މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
ސުންގަޑި:
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، މި ޓްރައިބިއުނަލުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ގ. ފަތުރުވެހި 3 ވަނަ ފަންގިފިލަޔަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އދޭ ފޯމު (މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު، މި ޓްރައިބިއުނަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޓްރައިބިއުނަލްގެ www.employmenttribunal.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
ނޯޓު: ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން މަތީގެ ސެޓްފިކެޓްތައް ހުންނަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑެޓްކުރެވިފައެވެ.
އިންޓަވިއު:
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޓްރައިބިއުނަލްގެ 3308773 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
27 ޝަޢުބާން 1437