މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :6

-/3,072 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/3840 ރުފިޔާ)

މުސާރަ:

-/2500ރ އާއި -/3500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / މީރު ބަހުރު ބަނދަރު

މަސައްކަތް ކުރަންޖެހޭ ތަން:

ގްރޭޑް 8 ގެ ފެންވަރު ހުރުން  ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު މިފަދަ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

އުސްތަންތަނަށް އަރާ އެތަންތަނުގައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު މީހެއްކަމުގައިވުން

ބުރަ މަސައްކަތްކުރެވޭ ފަދަ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން  

 

ޝަރުޠު:

- މާލެ ހުޅަނގުދެކުނު ހާބަރ (ޓީ ޖެޓީ) އިން ވިއްކާ ފެން އަޅައިދިނުމާއި ޓީ ޖެޓީގައި ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ގަޑި:

މަޤާމް :ސިވިލް ވާރކްފޯސް
ބޭނުންވާ އަދަދު :6

-/3,984 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4980 ރުފިޔާ)

މުސާރަ:

-/2500ރ އާއި -/3500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ސިވިލް ވާރކްސް

މަސައްކަތް ކުރަންޖެހޭ ތަން:

ޞިއްޙަތު ރަނގަޅު، ހަށިގަނޑުގައި ބާރުހުރި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން

ރޭނުމާއި، ސިމެންތި ޖެހުން އަދި ވަޑާންކުރުމާއި އަދި މިނޫންވެސް އިމާރާތްކުރުމާގުޅޭ ފަންނީ ހުނަރު ލިބިފައިވުން

 

ޝަރުޠު:

- ޚާއްޞަ ފަންނީ ހުނަރު ބޭނުންވާ ސިވިލް މަސައްކަތްތައް ކުރުން

- ކުންފުނީގެ އިމާރާތްތަކާއި ތަންތަނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ގަޑި:

މަޤާމް :އާކިޓެކްޓް
ބޭނުންވާ އަދަދު :1

މި މަޤާމަށް ހޮވޭ މީހަކަށް މުސާރާއާއި އިނާޔަތްތައް ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމާ ތަޖުރިބާއަށް ބަލާފައެވެ.

މުސާރަ:

ބެޗެލަރސް ޑިގްރީ އިން އާކިޓެކްޗަރ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކުރައްވާފައިވުން.

އޮޓޯކެޑް ސޮފްޓްވެއަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގުން

ޝަރުޠު:

- ކުންފުނީގެ އިމާރާތްތަކާއި ތަންތަނުގެ އާކިޓެކްޗަރަލް ޑްރޮވިންގްތައް ކުރެހުމާއި ޑިޒައިން ކުރުން

- ކުރެހުންތައް ޑިޒައިނިންގްއާ ބެހޭ މަޢުލޫމާތާއި، ސްޕެސިފިކޭޝަން، އަދި މަސައްކަތަށް ބޭނުންވާނެ ތަކެއްޗާއި ކޮސްޓް އެސިސްޓިމޭޝަންތައް

ތައްޔާރުކުރުން

- ސޮފްޓްވެއަރ ބޭނުކޮށްގެން ކުރެހުންތަކުގެ 3D މޮޑެލްތައް ޑިޒައިންކުރުމާއި ކުރެހުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ގަޑި:

މަޤާމް :ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :1

-/4،624 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5780 ރުފިޔާ)

މުސާރަ:

-/2000ރ އާއި -/4000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

- ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ
- ރެޒިޑެންޝަލް ޑްރާފްޓިންގގެ އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު މި ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ބީ.އޯ.ކިއު. ތައްޔާރުކުރަން އެނގުން
- އޮޓޯ ކެޑް ސޮފްޓްވެއަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގުން

ޝަރުޠު:

- ސެކްޝަންގެ ބެލުމުގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތަކަށް ބީ.އޯ.ކިއު. ހެދުން

- ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތައް މޮނިޓަރ ކުރުން

- ސިވިލް އިންފްރާސްޓްރަކްޗަރ ސަރވޭ ކުރުން

- ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ގަޑި:

- މަޤާމަށް އެދި ހުށަހަޅާ ފޯމު.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

09 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 15:30

ސުންގަޑި:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

- ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި، ފެކުހާއި އީމެއިލްތައް ބާޠިލުކުރެވޭނެއެވެ.

ނޯޓް:

  26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ