މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅޭ ބައެއް ސާމާނު ގަތުމަށް
އިޢުލާން
މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އޮފީހަށް ކޮމްޕިއުޓަރާއި ކޮމްޕީއުޓަރާ ގުޅޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/20 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ބައެއް އައިޓަމުތަކަށް އަންދާސީހިސާބު ހުށަހަޅަން ތިން ފަރާތުން ހާޒިރުވެފައިނުވާތީ، އެ އައިޓަމުތައް ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަސްޓަމްސްގެ ވެބްސައިޓް (http://www.customs.gov.mv/Documents/412) އިން ލިބެންހުރި މަޢުލޫމާތުގައިވާ ގޮތަށް، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.
05 ޖޫން 2016
ހޯދާ