ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
އޮފީސްއިމާރާތަށް ބައެއް އިތުރުކުރުން

އިޢުލާން

އޮފީސްއިމާރާތަށް ބައެއް އިތުރުކުރުން

މި ސްކޫލުގެ ނަންބަރު: GS70/2016/11 (04 އެޕްރީލް 2016) ގައި ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ އޮފީސްއިމާރާތާ އިންވެގެން އިރަށް އޮތް ހުސްބިމުގައި 12 ފޫޓު 26 ފޫޓުގެ ބައެއް، އޮފީސް އިމާރާތަށް އިތުރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ، ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 ޖޫން 2016ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް

19 ޖޫން 2016 ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސްކޫލުގެ ނަންބަރު 6700804 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

25 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ