ދިވެހިރާއްޖެ
އިޢުލާން
މިރަށުގެ އެކިއެކި ގޯޅިމަގުތަކުގައި މަގުމަތީބައްތި ޖެހުމާއި މަގުމަތީބައްތިއާއި ބަނދަރުބައްތިއަށް ކަރަންޓް ކޭބަލް އެޅުން
މިރަށުގެ އެކިއެކި ގޯޅިމަގުތަކުގައި މަގުމަތީބައްތި ޖެހުމާއި މަގުމަތީބައްތިއާއި ބަނދަރުބައްތިއަށް ކަރަންޓް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)253-CAA/253/2016/48 (21 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބައެއް އަންދާސީހިސާބުތައް ފުރިހަމަނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެމަސައްކަތް ކޮންޓްރެކްޓް އުސޫލުން ތަކެތި ދިނުމުން ކޮށްދެވިދާނެ ފަރާތްތަކުން 21 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
22 ޝަޢުބާން 1437