މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ފަޅުވެރި

މިސަރވިސްގެ ނަންބަރު IUL)167-HR/167/2016/19) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ، އެ މަޤާމަށް އަލުން ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު

ފަޅުވެރި

ރޭންކް

ސަޕޯޓް ސަރވިސް އޮފިސަރ 2

ކްލެސިފިކޭޝަން

ސަޕޯޓް ސަރވިސް

މުސާރަ

-/4,170 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

ނޮން ޕްރެކްޓިކްސް

މުސާރައިގެ %45

ބޭނުންވާ އަދަދު

02

މަސައްކަތް ކުރަންޖެހޭ ތަން:

މާފުށި ޖަލު

ޝަރުޠު

  1. ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައިވުން.
  2. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  3. އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
  4. މީލާދީގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައިވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

- 18އަހަރާއި 35 އަހަރާ ދެމެދު.

-  ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.

- ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސް އިން ކުރިއަށްގެންދާ ނެވިގޭޝަން ނުވަތަ މެރިން އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން 

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ދޯނި ދަތުރުތަކުގައި ބައިވެރިވުން.
  • ދޯންޏާއި ދޯނީގައި ހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ދޯނި ސާފު ތާހިރުކޮށް ބެލެހެއްޓުން.
  • ދޯންޏަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޖަލުގައި ދިމާވާ ކުއްލި ޙާލަތްތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 12 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

އިތުރު މަޢުލޫމާތު

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީމެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން 03 މަސްނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
  • (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ފޯމާއެކު ސްޓޭޕްލް ކުރެވި ޕޭޖް ނަންބަރު ޖަހާފައެވެ.)

25 ޝަޢުބާން 1437

އޮޕަރޭޓަރ: 3312694، އިދާރީ: 3328443، ފައިނޭންސް: 3323940، ތަންފީޛު: 3322243، މެޑިކަލް އަދި ޖަލު: 3313688، އައި.ޓީ: 3316537، ފެކްސް: 3313727

02 ޖޫން 2016
ހޯދާ