ދިވެހިރާއްޖެ
އިޢުލާން
އެނަރޖީ އެފިޝެންސީ" ކުރެހުމުގެ މުބާރާތް 2016 އާ ގުޅިގެން 26 މޭ 2016 ގައި މި މިނިސްޓްރީން ކުރި އިޢުލާނު ނަންބަރު IUL)438-CCS/438/2016/121) ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ.
މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢު ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސްގެ ފަރާތުން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުސަދަކީ އާންމު ފަރުދުންގެ މެދުގައި ކްލައިމެޓް ޗޭންޖް އަދި އެނަރޖީ އެފިޝެންސީއަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މި މުބާރާތް ކުރިއަށް ދާނީ 03 ޖޫން 2016 އިން 04 ޖުލައި 2016 ގެ ނިޔަލަށެވެ. މި މުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވާ ކުރެހުންތައް ގާރލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝެންސީ ބެޖް ޑިޒައިންކުރުމަށް ބޭނުންކުރާނެއެވެ.
ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް
ކެޓަގަރީ 1 : 6 އަހަރާއި 9 އަހަރާ ދެމެދު
ކެޓަގަރީ 2 : 10 އަހަރާއި 11 އަހަރާ ދެމެދު
ކެޓަގަރީ 3 : 12 އަހަރާއި 17 އަހަރާ ދެމެދު
ކެޓަގަރީ 4 : 18 އަހަރާއި 25 އަހަރާ ދެމެދު
ވަނަތަކާއި އިނާމުތައް ކަނޑައެޅިފައިވާ ގޮތް
މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން 2،1 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކެޓަގަރީއަކުން ވަނަ ލިބޭ ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
1 ވަނަ އަށް -/2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް
2 ވަނަ އަށް -/1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް
3 ވަނަ އަށް -/500 ރުފިޔާގެ ގިފްޓް ވައުޗަރެއް
މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުންނަންވާނީ މި މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މުބާރާތުގެ މަޢުލޫމާތު ކަރުދާސް 2016 ޖޫން 03 ވާ ހުކުރު ދުވަހުން ފެށިގެން މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް "facebook.com/environment.gov.mv" އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ބަލައިގަންނާނެ; އެންމެފަހު ތާރީޚަކީ 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ކުރެހުންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތަށް ކުރެހުންތައް ހުށަހަޅާނީ ފުރިހަމަ ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއި ކުރެހުމުގެ އަސްލު ބަންދުކޮށްފައިވާ A4 ސައިޒުގެ ސިޓީއުރައިގައި ތިރީގައިވާ މިވާ އެޑްރެހަށެވެ. ސިޓީއުރައިގެ ބޭރުގައި މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަ ނޫން ރެޖިސްޓްރޭޝަން ފޯމާއެކު ހުށަހަޅާ ކުރެހުންތައް މުބާރާތުގައި ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018300 (960)+ 3018201 (960)+