އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި މި ކައުންސިލާ ގުޅިގެން ހިންގުމަށް ހަމަޖައްސާފައިވާ ތިރީގައިވާ ދެ ކޯހުގައި ބައިވެރިވުމަށް އިތުރު ފަރާތްތަކުން އެދެމުންދާތީ، ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވަނަ ފުރުޞަތެއް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، 2016 ފެބުރުވަރީ 24 ވަނަ ދުވަހު މި އިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)233-CA/233/2016/1 އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކުން އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

މުއްދަތު:

6 މަސް

ކިޔެވުން އޮންނަ ދުވަސްތައް:

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބުލޮކު މޯޑް)

ބައިވެރިވުމުގެ ޝަރުޠު:

  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • އުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ސެޓުފިކެޓު 3 އިން އެކައުންޓިންގ އެންޑް ފައިނޭންޝަލް އެޑްމިނިސްޓްރޭޝަން

މުއްދަތު

6 މަސް

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބުލޮކް މޯޑް)

ބައިވެރިވުމުގެ ޝަރުޠު

  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • އުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

އއ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ އއ. އަތޮޅު ކައުންސިލްގެ އިދާރާއިން.

 

އެޕްލިކޭޝަން ހުށަހަޅަންވީ ތާރީޚާއި ތަން:

2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އއ. އަތޮޅު ކައުންސިލުގެ އިދާރާ ނުވަތަ އއ. އަތޮޅު ރަށު ކައުންސިލުތަކުގެ އިދާރާ

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ
  • އެކުރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން
  • ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/1،000 ރުފިޔާ ( އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ )

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުންނެވެ.

އިތުރު މަޢުލޫމާތު

ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660606 ނަންބަރު ފޯނަށެވެ

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނުހިމަނައި ހުންނަ އެޕްލިކޭޝަންތަކާއި، ފުރިހަމަނުކޮށް ހުންނަ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ. 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ޝަޢުބާން 1437

29 މޭ 2016
ހޯދާ