ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ވަށާފާރު ރޭނުމާބެހޭ

އިޢުލާން

މިމަދަރުސާއާ އިންވެގެން އޮތް ހުސްބިމުގެ ވަށާފާރު ރޭނުމާބެހޭ

މިމަދަރުސާއާ އިންވެގެން އޮތް ހުސްބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި މިމަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މަދަރުސާގެ ކޮމްޕިއުޓަރލެބްގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނެވޭނެ ފަދަ ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، ނުވަތަ ކުންފުންޏަކުން ފޮނުއްވާނަމަ ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ފަދަ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ. މަސައްކަތް ހަވާލުކުރެވޭނީ އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ. ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

* މަސައްކަތުގެ ޖުމްލަ އަގު:   %75

* މުއްދަތު:            %25

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6600015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2016
ހޯދާ