ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ހައުސްކީޕަރ |
||
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ކޮޅުމަޑުލު ކިނބިދޫ މެޖިސްޓްރޭޓް ކޯޓް |
||
އަސާސީ މުސާރަ: |
މަހަކު -/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
||
އިތުރުގަޑިއާއި އެހެނިހެން އެލަވަންސް: |
- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 - ލިވިންގ އެލަވަންސް: މަހަކު -/2،550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ |
||
މަޤާމުގެ އަސާސީ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. |
||
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޯޓް އިމާރާތުގެ އެތެރެއާއި އެންމެހައި ތަންތަނާއި ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. - ކޯޓުން އެކިފަރާތްކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، ނޯޓާއި، މެސެޖާއި، ކޯޓު އަމުރު އަދި އެހެނިހެން ލިޔުން ހަވާލުކުރުން. - ގޯތިތެރެގައި ހުންނަ ވިނަތައް އުފުރައި ސާފުކޮށް ބެލެހެއްޓުން. - ކޯޓުގެ ފާޚާނަތައް ސާފުކޮށް ބެލެހެއްޓުން. - ކޯޓުގެ ފަންކާތަކާއި ފަރުނީޗަރުގެ ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން. - ގޯތިތެރޭގައި ހުންނަ ރުއްގަސް ސާފުކޮށް ބެލެހެއްޓުން. - ބަގީޗާއަށް ފެންޖަހައި ބަގީޗާ ބެލެހެއްޓުން. - އަނދާ ހޮޅިބުރިއާއި ބޮކި ބަދަލުކުރުން. - ކޯޓުން ނައްތައިލާ ލިޔުންތައް ރައްކައުތެރިކަމާއެކު ނައްތައިލުން. - ކޯޓުން ނައްތައިލަންޖެހޭ ކުނިތައް ނައްތައިލުން. - މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަޢުލީމާއި ހުނަރު - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ |
||
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މި ކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އިންޓަވިއު އޮންނަ ދުވަހާއި އިންޓަރ ވިއު އޮންނަ ތަން އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ. |
||
މަޤާމަށް އެދެންވީ ގޮތް: | މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) | ||
ހުށަހަޅަންޖެހޭ ތަކެތި: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ) - ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. - ވަނަވަރު (ސީ.ވީ) - ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
||
ސުންގަޑި: |
2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 |
25 ޝަޢުބާން 1437