މަގޫދޫ ސްކޫލް/ނ.މަގޫދޫ
ދިވެހިރާއްޖެ
2 ކުލާސްރޫމްގެ ޢިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ.މަގޫދޫ ސްކޫލަށް 2 ކްލާސްރޫމްގެ ޢިމާރާތެއް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެ:

މި ސްކޫލުގެ ނަންބަރު GS117/IUL/2016/06 އިޢުލާނަށް ޞައްޙަ 3 ބިޑް ހުށަހެޅިފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނ. މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ނ. މަގޫދޫ ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖޫން 12 ވާ ބުދަ ދުވަހުގެ 9:00

2016 ޖޫން 22 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 2:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560577 ނަންބަރު ފޯނާއެވެ.

01 ޖޫން 2016
ހޯދާ