ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ، މަސައްކަތު

މަޤާމް :އެސިސްޓެންޓް ޕްބްލިކް ރިލޭޝަން އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: GS4

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

 

އެހެނިހެން އެލަވަންސާއި އުޖޫރަ: 

1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

3- ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ

ސެކްޝަން:

ސްޓޭކް ހޯލްޑަރ ރިލޭޝަންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މި އެޖެންސީގެ ސްޓޭކް ހޯލްޑަރ ރިލޭޝަންސް ސެކްޝަނަށް ލިބޭ ސިޓީތަކާއި މެސެޖްތަކަށް، ސެކުޝަނުގެ ވެރިއެއްގެ ލަފާގެމަތިން ޖަވާބުދިނުން.

2. އެންސްޕާއިން ހިންގާ ތަފާތު ޕްރޮގްރާމްތަކާ ގުޅޭ ޕްރެސްރިލީޒާއި އަތްމަތީފޮތް ނުވަތަ ބްރޯޝަރ ތައްޔާރުކުރުން.

3. އޮފީހުން ކުރިއަށްގެންދިއުމަށް ކަނޑައެޅިފައިވާ ޕަބްލިކް ރިލޭޝަންސްގެ ޢަމަލީ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެހައި ކަންކަން، އޮފީސް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިއެއްގެ އިރުޝާދުގެދަށުން ކުރުން.

4. މި އިދާރާގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިނުން.

5. މި އިދާރާއިން ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުން.

6. ރާއްޖޭގެ އެކިއެކި މީޑިއާތަކުގައި ހުންނަ މި އެޖެންސީއާ ގުޅުންހުންނަ ޚަބަރާއި މަޢުލޫމާތު ބަލައި، ސެކްޝަނުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ހުންނަ ފަރާތުގެ ސަމާލުކަމަށް ގެނެސްދިނުމާއި، އެ ޚަބަރަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް، ސެކުޝަނުގެ ވެރިއެއްގެ ލަފަޔާއެކު އަޅަމުން ގެންދިއުން.

7. އެކިއެކި މުނާސަބަތުތަކާއި ޖަލްސާތަކުގައި މި އިދާރާގެ އެންމެ އިސްވެރިޔާ ދެއްވާ ސްޕީޗްތަކާއި ޚިޠާބު ޓައިޕްކުރުން.

8. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. މީޑިއާ ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މީޑިއާ ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 
މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 2

މަޤާމުގެ ރޭންކް: SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

އެހެނިހެން އެލަވަންސާއި އުޖޫރަ:  

- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ

ސެކްޝަން:

ޖެނެރަލް އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ބާޒާރުން ގަނެދިނުން.

2. އޮފީހުގެ މަސައްކަތުގައި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

3. ޖަލްސާތަކާއި ބައްދަލުވުންތަކުގެ ސައިފޮދުގެ އެންމެހައި ކަންތައްތަކުގެ އިންތިޒާމް ހަމަޖެއްސުން.

4. އޮފީހުގެ ފަރާތުން ބާއްވާ ބައްދަލުވުންތަކަށް ޖަލްސާކުރާ މާލަމް އިންތިޒާމްކުރުން.

5. އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާތަކަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އެޖެންސީގެ www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016  ވަނަ  އަހަރުގެ  ޖޫންމަހުގައި  ނުވަތަ  ޖުލައިމަހުގައި،  ނެޝަނަލް  ސޯޝަލް  ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3005323 އެވެ.

25 ޝަޢުބާން 1437
01 ޖޫން 2016
ހޯދާ