ދިވެހިރާއްޖެ
އިޢުލާން
19 މޭ 2016 ގައި މި މަދަރުސާއަށް އަލަށް ދުރުވި ޕްރިންސިޕަލުގެ އެކަމޮޑޭޝަން ހަމަޖެއްސުމަށްޓަކައި މި މަދަރުސާގެ ނަންބަރު 2016/58 (17 މޭ 2016) ގެ އިޢުލާނާ ގުޅިގެން އެކަމަށް އިޖާބަދެއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް އެދި އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މަދަރުސާއަށް ދުރުވެ ބިޑް ހުށަހެޅުން އެދެމެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް މާކުސްދެވޭނެ ގޮތް
- އަގަށް %80
- ދެވިފައިވާ މަޢުލޫމާތާ އެންމެ އެއްގޮތް އެޕާޓްމަންޓަކަށް %20
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުންކުރާ މުޢާމަލާތު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތުދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބުތައް ކަނޑާނީ (އަންދާސީހިސާބު ނުވަތަ ބިޑް) ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ހާޒިރުވި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
23 ޝަޢުބާން 1437