އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށައިފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ. ފެރިދޫ ސްޕޯޓްސް އެރީނާގެ ސަރަޙައްދުގެ ވަށައިފާރު ރޭނުމުގެ މަސައްކަތް:

އއ. ފެރިދޫ ސްޕޯޓްސް އެރީނާގެ ސަރަޙައްދުގެ ވަށައިފާރު ރޭނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

18 ޝަޢުބާން 1437

25 މޭ 2016
ހޯދާ