މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ޖަހާނެ 5 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބަނދަރުގައި ބައްތި ޖެހުމަށް ހޮޅިދަނޑި ހެދުމާ ބެހޭ.

މި ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް ބައްތި ޖެހުމަށްޓަކައި ބަނދަރުގައި ބެހެއްޓުމަށް 5 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ