ދިވެހިރާއްޖެ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތްތަކާއި، ގޯތިތެރެއާ މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/IU/2016/03 އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާ ބެހޭ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތުދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 10:00 އެވެ.
ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައި އެވާގޮތަށް އެޑްރެސްކުރަންވާނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫ ސިޓީ / ދިވެހިރާއްޖެ
ޓެންޑަރކުރެވިފައިވާ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ މިންގަނޑުތަކަށް ރިޢާޔަތްކުރެވޭނެއެވެ.
ހ- ށ- |
ބީލަން ހުށަހަޅާފަރާތުގެ ތަޖުރިބާ އާއި ފަންނީ ޤާބިލުކަން ބީލަން ހުށަހަޅާފަރާތުގެ މާލީ ޤާބިލުކަން |
15 ޕޮއިންޓް 15 ޕޮއިންޓް |
ނ- |
މަސައްކަތްކުރުމަށް ހުށަހަޅާ އަގު |
70 ޕޮއިންޓް |
|
ޖުމުލަ ޕޮއިންޓު |
100 ޕޮއިންޓު |
23 ޝަޢުބާން 1437