ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ. ފީއަލީ ފިރިހެނުން ނަމާދުކުރަމުގެންދާ ދެ މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން.

ފ. ފީއަލީ ފިރިހެނުން ނަމާދުކުރަމުންގެންދާ ދެ މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 11:00 އަށް ފީއަލީ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބުހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމުގެ އެއް ގަޑިއިރުގެ (2016 ޖޫން 07 ވަނަ ދުވަހުގެ 10:00 ގެ) ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑުފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ފޮތުގެ އަގަކީ -/500 (ފަސް ސަތޭކަ) ރުފިޔާއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                    

22 ޝަޢުބާން 1437

29 މޭ 2016
ހޯދާ