މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އޮފީހެއް ހިންގުމަށް ޅ. ނައިފަރުން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

އޮފީހެއް ހިންގުމަށް ޅ. ނައިފަރުން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ޅ. ނައިފަރުގައި ޖާގައިގެގޮތުން 700 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި ތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށް ވާނަމަ ގަބޫލުކުރެވޭނެއެވެ.

އަގު ހުށަހެޅޭނެ ފަރާތްތަށް

  1. 700 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ

  2. އެހެން ޢިމާރާތަކާއި ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ

  3. އެއްބުރިއަށްވުރެ ގިނަ ބުރިއަށް ޢިމާރާތްކޮށްފައިވާ އިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ އިމާރާތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.

ޢިމާރާތާ ބެހޭ މަޢުލޫމާތު

- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެސިޑެންޝަލް އޭރިއާއެއްގައި) ހުރި ޢިމާރާތަކަށް ވުން.

- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ފަދަ ތަނަކަށް ވުން.

- ޢިމާރާތުގެ ބޮޑުމިން މަދުވެގެން 700 އަކަފޫޓު. ( މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭ ވަރުގެ ޖާގަ)

- ޢިމާރާތް މަދުވެގެން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.

ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީއިން އިވެލުއޭޝަނުގައި ބަލާނެ ކަންތައްތަކެވެ.

- ޢިމާރާތް މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން ނެގުން

- އޮފީސް ބަންދުގަޑީގައާއި ބަންދުދުވަސްދުވަހު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން

- މިހާރުގެ އޮފީސް އިމާރާތުގައިހުރި މި ސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން

ހުށަހަޅަންޖެހޭ ތަކެތި

  1. މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާ ގޮތް
  2. ޢިމާރާތުގެ ކުލި (މަހަކަށް).
  3. ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
  4. ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
  5. ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ނޫން އެހެން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެ ފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އަގު ހުށަހެޅުން

  1. އަގު ހުށަހެޅުމަށްޓަކައި "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑު ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ޅ.ނައިފަރު ބިޒްނަސް ސެންޓަރުން ލިބެން ހުންނާނެއެވެ.

ޑެލިވަރީ

  1. މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
  2. ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.
  3. މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ

މާރކްސްދެވޭ ކްރައިޓީރިޔާ

މާރކްސްދެވޭ %

ތަފުސީލު

ފޯމިއުލާ

އަގު

50

  • ހުށަހަޅައިފައިވާ އަގަށް ދޭ މާކްސް
  • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark price / Submitted price) X Allocate percentage

ތަނުގެ ބޮޑިމިން

10

  • ހުށަހަޅައިފައިވާ ތަނުގެ ބޮޑުމިނަށް ދޭ މާކްސް
  • މާކްސްދެވޭނީ ހުށަހަޅާ އެންމެ ބޮޑުތަނަކީ ބެންޗްމާކްއެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަނެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark size / Submitted size) X Allocate percentage

ޑެލިވަރީ ޕީރިއަޑް

10

  • ތަކެތި މިނިސްޓްރީއާއި ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
  • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކްއެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) X Allocate percentage

މަރާމާތަށް ވެރިފަރާތުން ޒިންމާ ނެގުން

20

  • އިމާރާތަށް ވަންނަ އިރު އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް މިމިނިސްޓްރީއިން ބޭނުންވާ ގޮތަށް ބަދަލުކޮށްދިނުމަށް ވެރިފަރާތުން ޒިންމާނަގާނަމަ މި ބަޔަށް 20% ލިބޭނެއެވެ.

If owner takes full responsibility for renovations 20% will be allocated for that bid

ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން

10

  • މިހާރު އޮފީސް ހިނގަމުންދާ އިމާރާތުގައި ހުރި ފަރުނީޗަރު، އައު އޮފީސް އިމާރާތަށް ބަދަލުކޮށްދިނުމަށް 10% ލިބޭނެއެވެ.

If arrangements have been made for transferring furniture to new building  10% will be allocated

އަންދާސީހިސާބު ހުށަހެޅުން

  1. އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
  2. އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

ޅ.ނައިފަރު ބިޒްނަސް ސެންޓަރ

ފާދިއްޕޮޅު އަތޮޅުގެ

ޅ.ނައިފަރު، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 6620350, 6620351

ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މި މިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2016 ވަނަ ދުވަހު 11:30 އަށް ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6620351 އާ ގުޅުއްވުން އެދެމެވެ.

24 ޝަޢުބާން 1437

31 މޭ 2016
ހޯދާ