|
އިޢުލާން
ވަޒީފާގެ ފުރުސަތު
|
|
އެސިސްޓަންޓް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް
އެސިސްޓަންޓް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓްގެ މައިގަޑު މަޤުޞަދަކީ ކުންފުންޏާއެކު ވިޔަފާރިކުރާނެ ފަރާތްތައް ހޯދައި، އެފަރާތްތަކާ ގުޅައި ބައްދަލުކޮށް، އިޝްތިހާރުކޮށް އަދި އެފަދަ ގޮތްގޮތުން ކުންފުނީގެ ވިޔަފާރީގެ މަޤްޞަދު ހާސިލުކުރުމެވެ. އަދި ސޭލްސް ޓާގެޓްތައް ތައްޔާރުކުރުމާއި ކްލައިންޓްސްތަކާއެކު ރަނގަޅު ރިލޭޝަންޝިޕް ބެހެއްޓުން ހިމެނެއެވެ. އަދި ކުންފުންޏަށް ބިޒްނަސް ސްޓްރެޓީޖިކް ޕްލޭނެއް ތައްޔާރުކުރުން ހިމެނެއެވެ.
|
މަޤާމު
|
|
އެސިސްޓަންޓް މެނޭޖަރ
|
ކްލެސިފިކޭޝަން
|
|
މަހަކު -/10،200 ރުފިޔާއާއި -/11،800 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
|
- ލިވިންގް އެލަވަންސް: މަހަކު -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
|
މާކެޓިންގ، ކޮމިއުނިކޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް
|
ބޭނުންވާ ސެކްޝަން
|
|
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި މާރކެޓިންގ/ ކޮމިއުނިކޭޝަންސް/ ޕަބްލިކް ރިލޭޝަންސް/ ބިޒްނަސް ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މާރކެޓިންގ/ ކޮމިއުނިކޭޝަންސް/ ޕަބްލިކް ރިލޭޝަންސް/ބިޒްނަސް ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 3 ގެ ލެވެލެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން
|
މަޤާމުގެ ޝަރުޠުތައް
|
- ޕޮޓެންޝަލް ކްލައިންޓްސް ފާހަގަކޮށް ވިޔަފާރީގެ އުސޫލުތައް ކަނޑައެޅުން
- ޕޮޓެންޝަލް ކްލައިންޓްސްގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް އެކި ފަރާތްތަކާ ބައްދަލުވުން ހަމަޖެއްސުން
- ކުންފުނިތަކުގެ ޑިޒިޝަން މޭކަރސްއާ ބައްދަލުކުރުން
- ބިޒްނަސް އޮޕަރޓިއުނިޓީސްއާ ގުޅޭގޮތުން ރިސަރޗްކުރުން
- ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ކަނޑައެޅުމުގައި ލަފާއެރުވުން
- ބިޒްނަސް ޕްރޮޕޯސަލްސް ތައްޔާރުކުރުން
- ކުންފުންޏަށް ފައިދާ ކުރަނިވި އިމޭޖެއް ބިލްޑްކުރުން
- އައު ބިޒްނަސް އޮޕަރޗިއުނިޓީސް ރިސަރޗްކޮށް މެނޭޖްމަންޓަށް ހުށަހެޅުން
- ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން
- އިންޑަސްޓްރީ ފަންކްޝަންސްތަކާއި، އިވެންޓްސް އަދި ކޮންފެރެންސްތަކަށް ދިއުމާއި، ކްރިއޭޓިވް އަދި މާރކެޓް ޓްރެންޑްސް ދެނެގަނެ މެނޭޖްމަންޓާ ހިއްސާކުރުން
- ކުންފުނީގެ ރެވެނިއު އިތުރުކުރުމުގެ ގޮތުން އައު ކެމްޕެއިންސް އަދި ޚިދުމަތްތައް ދިރާސާކޮށް އެފަދަ ފުރުސަތު ހޯދައިދިނުން
- ކުންފުންޏަށް ބިޒްނަސް ސްޓްރެޓީޖިކް ޕްލޭނެއް ތައްޔާރުކުރުން
|
މަޤާމުގެ މަސްއޫލިއްޔަތު
|
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނާއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
|
2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް
|
އިތުރު މަޢުލޫމާތު
|
|
24 ޝަޢުބާން 1437
|