މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާރު ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:       

ކާރު ޑްރައިވަރ

މަޤާމުގެ ނަންބަރު:

J-222649

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ބ. އޭދަފުށި

ސަރވިސް:

ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

ތަޢުލީމާއި ތަޖުރިބާ:

1- މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގަރީގެ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1- އޮފީހުން އަންގާ ގޮތެއްގެމަތީން ކާރާއި ވޭންގެ ދަތުރުތައް ކުރުން.

2- ކާރާއި ވޭން ސާފުތާހިރުކޮށް ބެލެހެއްޓުން.

3- ކާރާއި ވޭން މަރާމާތުކޮށް ބެލެހެއްޓުން.

 

ވަޒީފާއަށް ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ  ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި ތަނާއި ތާރީޚު އަންގާނެއެވެ.

- އިންޓަވިއުކުރެވޭނީ، ހުށަހަޅާ ފަރާތްތަކުގެ ތެރެއިން  ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

- މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް 2016 ޖޫން 8 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން.

- އީމެއިލާއި ފެކްސް މެދުވެރިކޮށްވެސް ލިޔުންތައް ހުށަހެޅޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން  ލިބޭނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ވަޒީފާއަށްކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6608300 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

13 ޝަޢުބާން 1437

30 މޭ 2016
ހޯދާ