ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އާކިޓެކްޓް (ވަގުތީ)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް  އާކިޓެކްޓް  (ވަގުތީ)  މަޤާމަށް  މީހަކު  ހޯދުމަށްޓަކައި  17  މާރިޗު  2016  ގައި  ކުރެވުނު  ނަންބަރު (IUL)222-AH/INDIV/2016/12 އިޢުލާން އަދި މެއިންޓެނެންސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 11 އެޕްރީލް 2016 ގައި ކުރެވުނު ނަންބަރު  (IUL)222-AH/INDIV/2016/17 އިޢުލާނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ އަލުން މިފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސިސްޓެންޓް އާކިޓެކްޓް (ވަގުތީ)

ރޭންކް:

އެމް.އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

މަހަކު -/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3,500 ރުފިޔާ

މަސައްކަތުގެ މުއްދަތު:

01 އަހަރު ދުވަސް

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ވަގުތީ

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

4. މަޤާމުގެ މަސައްކަތާއި ގުޅޭ ދައިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

5. މަޤާމުގެ މަސައްކަތާ ގުޅޭ ދާޢިރާތައް: އާކިއޮއޮލޮޖީ، ހެރިޓޭޖް މެނޭޖްމަންޓް، ކޮންޒަރވޭޝަން މެނޭޖްމަންޓް، އާކިޓެކްޗަރަލް ކޮންޒަރވޭޝަން، ކަލްޗަރަލް ސްޓަޑީސް، ހިސްޓްރީ، ހެރިޓޭޖް ސްޓަޑީސް، ކަލްޗަރަލް ހެރިޓޭޖް، ހެރިޓޭޖް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ހެރިޓޭޖް ސައިންސް، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގައި ހުރި އާސާރީ ސަރަޙައްދު، ބިނާ އަދި ސައިޓުތަކުގެ ސްޓްރަކްޗަރ އެނެލައިޒްކޮށް  ރިސަރޗް ހަދައި ހޯދުނު މަޢުލޫމާތުގެ ޑޮކިއުމެންޓް ކުރުން.
  2. ސައިޓުތަކާއި، އިމާރާތްތަކާއި ބިނާތަކާއި ތަކެތި (އުފުލޭ އަދި ނުއުފުލޭ) ސަރވޭކޮށް އިންތަކާއި މިންތައް ނަގައި ތަކެއްޗާއި ތަނުގެ މަޢުލޫމާތު ރިކޯޑު ކުރުން.
  3. އެފަދަ ތަންތަނަށާއި ތަކެއްޗަށާއި އެ ސަރަޙައްދަކަށް އަންނަ ބަދަލުތައް ރިކޯޑުކުރުން.
  4. ރާއްޖޭގެ ތަރިކައާ ގުޅިގެން ތައްޔާރުކުރަންޖެހޭ އިމާރާތްތަކުގެ މަސައްކަތްތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމަށް ބޭނުންވާ މަޢުލޫމާތާއި ލަފާދިނުން.
  5. އާސާރީ ސަރަޙައްދު، ބިނާ އިންޓަރޕްރިޓް ކުރުމަށްޓަކައި އެ މަސައްކަތް ޕްލޭން ކުރުމުގައި އެހީތެރިވުމާއި އެ ސަރަޙައްދު، ބިނާތައް ފަރުމާކުރެވިފައިވާ ގޮތް ދިރާސާކޮށް ކުރެހުން ތައްޔާރުކުރުން.
  6. ރާއްޖޭގެ ސަގާފީ ތަރިކަ ޙިމާޔަތްކުރުމުގައި ތައްޔާރުކުރާ ތަރިކައިގެ ދިރާސާތަކަށް ބޭނުންވާ ޓެކްނިކަލް ކުރެހުން ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ފަދަ ކޮމްޕިއުޓަރ އެޕްލިކޭޝަންސް ބޭނުންކޮށްގެން ތައްޔާރުކުރުން.
  7. ދިވެހިރާއްޖޭގައި ހުރި އާސާރީ ސައިޓުތައް ހޯދައި މިހާރު ހުރި ސައިޓުތަކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޕްރޮޖެކަޓް ޓީމާއެކު މަސައްކަތްކުރުން.
  8. ކޮނުމުގެ ތަފާތު އާލާތްތައް ބޭނުންކޮށްގެން ފީލްޑް އެކްސްކެވޭޝަން ނުވަތަ ކޮނުމުގައި ޙަރަކާތްތެރިވާ ޕްރޮޖެކްޓް ޓީމުތަކާއެކު ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  9. އެކްސްކެވޭޓް ކުރުމަށްފަހު ހޯދޭ ހޯދުންތައް އެނަލައިޒް ކުރުމަށްޓަކައި ކުރެހުން ތައްޔާރުކުރުން.
  10. އާޓިފެކްޓްސް، އާސާރޯ ސައިޓްތައް އަދި މޮނިއުމެންޓްސް ޕްރިޒަރވްކޮށް ކޮންޒަރވް ކުރުމާއި އާޓިފެކްޓްސް ކިއުރޭޓްކޮށް ޑިސްޕްލޭކުރުމުގައި އެކަމުގައި ޝާމިލުވާ އެހެން ފަރާތްތަކަށް އެއްބާރުލުން ދިނުން.
  11. އާންމުން ހޭލުންތެރިކުރުވުމަށް އާސާރީ ސައިޓްތަކުގެ ރިސަރޗްތަކުގެ ރިސަރޗާ ބެހޭގޮތުން އާޓިކަލްސް ތައްޔާރުކޮށް ޝާއިޢުކުރުން.
މަޤާމް :މެއިންޓެނެންސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

މެއިންޓެނެންސް އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

ކޯޕަރޭޓް އެފެއަރޒް

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އިލޮކްޓްރޯނިކަލް ޓެކްނޮލޮޖީ، ވެލްޑިން އެންޑް ޝީޓްމެޓަލް، އިންޖިން ރިޕެއަރ އެންޑް މެއިންޓެނެންސް ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރޯނިކަލް ޓެކްނޮލޮޖީ، ވެލްޑިން އެންޑް ޝީޓްމެޓަލް، އިންޖިން ރިޕެއަރ އެންޑް މެއިންޓެނެންސް ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އިލޮކްޓްރޯނިކަލް ޓެކްނޮލޮޖީ، ވެލްޑިން އެންޑް ޝީޓްމެޓަލް، އިންޖިން ރިޕެއަރ އެންޑް މެއިންޓެނެންސް ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ނޭޝަނަލް މިއުޒިއަމްގެ ޢިމާރާތުގެ މެއިންޓެނަންސްގެ މަސައްކަތް ދުވަހުންދުވަހަށް ބެލެހެއްޓުން.
  2. ނޭޝަނަލް މިއުޒިއަމުގެ ޢިމާރާތަށާއި ޢިމާރާތުގައި ހަރުކޮށްފައިވާ ތަކެއްޗަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ދުވަހުން ދުވަހަށް ބަލައި ލިބޭ ގެއްލުންތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  3. ނޭޝަނަލް މިއުޒިއަމުގެ ޢިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ކުރިއަށް ދާގޮތް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ވެރިންގެ މަޝްވަރާގެ މަތީން އެކަންކަން ރަނގަޅު ކުރުވުން.
  4. ޢިމާރާތުގެ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް ދެނެގަނެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތީން އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  5. މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން ބަލަހައްޓަންޖެހޭ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން ހަދާ މަސައްކަތްތަކުގެ އެއްބަސްވުންތައް ބަލަހައްޓައި އެކަމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. އެކިފަރާތްތަކާ ހަވާލުކޮށްގެން ކުރެވޭ މަރާމަތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބެލުމާއި އެ ކުރާ މަސައްކަތްތަކުގެ ފުރިހަމަ ތަފުސީލު ލިޔުންތައް ތައްޔާރުކުރުން

އުޖޫރައާއި އިނާޔަތްތައް:

މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާ ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ).

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމެއްގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/ މަސް/ އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނގޮތަށް އޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓު ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

 

22 ޝަޢުބާން 1437

31 މޭ 2016
ހޯދާ