ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.
| 
 މަޤާމް:  | 
 ކައްކާ (ވޮލަންޓިއަރ/ 06 މަސްދުވަހަށް)  | 
||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1  | 
 މަޤާމުގެ ރޭންކް:SS1  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން  | 
 ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެހިޔާ (ޝިފްޓް އުޞޫލުން)  | 
||
| 
 އޮފީސް:  | 
 މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ފިޔަވަތި، ހުޅުމާލެ)  | 
||
| 
 ތަޢުލީމާއި ތަޖުރިބާ:  | 
 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.  | 
||
| 
 
 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 1. ފިޔަވަތީގައި ތިބޭ ކުދިންނަށް ކައްކައި ކާންހެދުން. 2. ފިޔަވަތީގައި ތިބޭ ކުދިންނަށް ކާންބޯންދިނުމަށް ހޯދާ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން. 3. ބަދިގެތެރޭގައި ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި، އައިސްއަލަމާރި، އުނދުންފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން. 4. ކޮންމެ ދުވަހަކުވެސް، އެދުވަހުގެ މެނޫ ޝީޓްގައިވާގޮތުގެމަތިން ގަޑިން ގަޑިއަށް ކައްކައި، ކާންހަދައި، ކާންދިނުމުގެ ކަންތައް ބެލެހެއްޓުން. 5. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، އޮފީހުން ކަނޑަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.  | 
||
| 
 ޢިނާޔަތްތައް:  | 
 - އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ  | 
||
| 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފިޔަވަތިން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިއުންތައް. 6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.  | 
||
| 
 ސުންގަޑި:  | 
 ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއި ލިޔެކިޔުންތައް ފޮނުވާނީ، 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިގިނގި ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) ނުވަތަ ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" (ކަނީރުމަގު) އަށެވެ.  | 
||
| 
 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 - މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ، 2016 ޖޫންމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.  | 
||
| 
 މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދޭނެ ކަންކަން:  | 
 - ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތަކާއި، ޝިފްޓް އުޞޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް. - ކެއްކުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް. - މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރެވޭ ފަރާތްތައް.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027524 ނަންބަރު ފޯނަށް ނުވަތަ 3027523 ނަންބަރު ފޯނަށެވެ.  | 
||
