އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކެބިން ސަރވިސަސް އެޖެންޓް ޓްރެއިނީ
ބޭނުންވާ އަދަދު :1

ކެބިން ސަރވިސަސް އެޖެންޓް ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު 53/J/2016)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ބޯޓުތައް ސާފުކޮށް ބެލެހެއްޓުމާއެކު ބޯޓަށް ބޭނުންވާ ކާތަކެތި އަރުވައި ބޭލުމާއި ކާތަކެތީގެ ސްޓޮކް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަތީޘާނަވީ އިމްތިޙާން ފުރިހަމަކޮށް، އިނގިރޭސި އަދި ހިސާބު، މި ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މި މަޤާމަށް މީހުން ހޮވުމުގައި މަސައްކަތާ ގުޅޭދާއިރާއަކުން ތަޖުރިބާ ލިބިފައިފާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.       

- މި މަޤާމަށް މީހުން ހޮވުމުގައި އެއްގަމުއުޅަނދު ދުއްވުމުގެ (ވެހިކަލް ދުއްވުމުގެ ކެޓަގަރީން ބީ1 އަދި ބީ2) ލައިސަންސް ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.   

މަސައްކަތް ކުރަންޖެހޭ ތަން: ކެބިން ސަރވިސަސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓް

މަޤާމް :ކެބިން ހޭންޑް ޓްރެއިނީ
ބޭނުންވާ އަދަދު :1

ކެބިން ހޭންޑް ޓްރެއިނީ - (ޖޮބް ރިފަރެންސް ނަންބަރު 54/J/2016) 

ކުރަންޖެހޭ މައިގަނޑު މަސައްކަތް: އެއަރކްރާފްޓްގެ ކެބިން އަދި އޮފީސް ސާފުކޮށް ބެލެހެއްޓުން އަދި އެއަރކްރާފްޓްގެ ކެއުންބުއިމަށް ބޭނުންވާ ތަކެތި ބޯޓަށް އެރުވުމާއި ބޭލުން.

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 8 ގެ ފެންވަރު ހުރުމާއެކު އިނގިރޭސި ލިޔަންކިޔަން އެނގުން.

- މި މަޤާމަށް މީހުން ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ވެހިކަލް ދުއްވުމުގެ ކެޓަގަރީން، ބީ1 އަދި ސީ1) ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

މަސައްކަތް ކުރަންޖެހޭ ތަން: ކެބިން ސަރވިސަސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓ

މަޤާމް :ޓްރެޝަރީ ކޯޑިނޭޓަރ ޓްރެއިނީ
ބޭނުންވާ އަދަދު :1

ޓްރެޝަރީ ކޯޑިނޭޓަރ ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު J/2016/55)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުންޏާއި ބޭންކުތަކާއި ދެމެދު ކުރަންޖެހޭ ފައިސާގެ މުޢާމަލާތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަތީޘާނަވީ އިމްތިޙާން ފުރިހަމަކޮށް، އިނގިރޭސި އަދި ހިސާބު، މި ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މި މަޤާމަށް މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިފާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢިލްމު:

- އެކައުންޓިންގއާއި "ބުކް ކީޕިންގ" ގެ ޢިލްމު ލިބިފައިވުން.

- އާންމު ރެކޯޑް ބެލެހެއްޓުމުގައި ބޭނުންކުރާ ގޮތްތައް އެނގިފައިވުން.

- ކުންފުނިތަކުގައި ބޭނުންކުރާ "ބެސްޓް ޕްރެކްޓިސް" އުސޫލުތަކާއި ހުނަރުވެރިކަން ދަތުން.

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،  2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

މ. ރާވެރިގެ، މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން ނަމްބަރު: 3331262 ފެކްސް ނަމްބަރ: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެ ވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ