ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އޮތް އޮފީސް:  

ނ. ލަންދޫ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އެޑްމިން ސެކްޝަން، ނ. ލަންދޫ ސުކޫލް

ކޮންޓްރެކްޓުގެ މުއްދަތު:

7 (ހަތެއް) މަސްދުވަސް

މަސައްކަތް ކުރަންޖެހޭ އޮފީސް:

ނ. ލަންދޫ ސްކޫލް / ނ. ލަންދޫ 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ސްކޫލުގެ ގޯތިތެރެއާއި، އެންމެހައި އިމާރާތްތަކާއި، އިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތި ވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ  ސިކިއުރިޓީ، ސްކޫލުން ކަނޑައަޅާގޮތެއްގެމަތީން ބެލެހެއްޓުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

- ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

- މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ މަޤާމު ހަމަޖައްސާނީ، ތިރީގައިމިވާގޮތަށް ލިބިފައިވާ ސެޓުފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ސިވިލް ސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސިކިއުރިޓި އޮފިސަރ 

ސަޕޯޓިންގ ސްޓާފް  ގްރޭޑް 1

އެސް. އެސް.1

އަސާސީ ތަޢުލީމުގެ މިންވަރަށް ތަކެތި ދަތުން.

މަހަކު -/4،000 ރުފިޔާ

 

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ ކައުންސިލިންގ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ، މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކައުންސިލިންގ ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ. 

- ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ބޭނުންވާ ސިފަތައް.

އިންޓަވިއު އޮންނާނެ ތަން:

މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ، 2016 ޖޫން 9 ވަނަ ދުވަހު، ނ. ލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖޫން 8 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން، ނ. ލަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ)

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ކަރިކިއުލަމް ވިޓާ (ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އެނގޭނޭހެން)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ.

6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.

7. ސިވިލް   ސަރވިސްއަށް   ނުވަތަ   ސަރުކާރަށް   ޚިދުމަތްކުރުމުގެ   އެއްބަސްވުމެއް   އޮތް މުވައްޒަފުން،   މި   މަޤާމަށް   ހޮވިއްޖެނަމަ،   އަދާކުރަމުންދާ   ވަޒީފާއިން   ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނ. ލަންދޫ ސްކޫލުގެ 6560576 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ