މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނިޔަމި ކަމުގެ ސަނަދު 2 ގެ ކޯސް ގައިޑްލައިން އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދަށުން މީހުން ތަމްރީނު ކުރުމާބެހޭ އުސޫލު

އިޢުލާން

ނިޔަމި ކަމުގެ ސަނަދު 2 ގެ ކޯސް ގައިޑްލައިން އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދަށުން މީހުން ތަމްރީނު ކުރުމާބެހޭ އުސޫލު

28 ޑިސެންބަރު 2015 ގައި ގެޒެޓް ކޮށް ޢަމަލުކުރަން ފަށާފައިވާ ގަވާއިދު ނަންބަރު 2015/R-229 "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޕްޓަނުންނާއި ފަޅުވެރިން ތަމްރީންކުރުމާބެހޭ އުސޫލާއި މި މާއްދާގެ "ހ" ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކެޓަގަރީ "ބީ"، "ސީ" އަދި "ޑީ" ގެ އުޅަނދުފަހަރުގެ ކެޕްޓަނުންގެ އަތުގައި އޮންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނިޔަމިކަމުގެ ސެޓުފިކެޓު 2 ގެ ސަނަދު ހޯދުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކޯހުގެ މަޢުލޫމާތު މި އަދުން ފެށިގެން މި އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އަދި މި ކޯސް ހިންގުމަށް އެދޭ ފަރާތްތަކުން ކޯސް އެޕްރޫވު ކުރައްވައިގެން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން ތަމްރީނު ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ