މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:            

މި މަދަރުސާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަސައްކަތް ކުރަންޖެހޭ ތަން: ހއ. މާރަންދޫ މަދަރުސާ/ ހއ. މާރަންދޫ

މަޤާމް އޮތް އޮފީސް އިދާރާ: ހއ. މާރަންދޫ މަދަރުސާ / ހއ. މާރަންދޫ

ސެކްޝަން: އެޑްމިން ސެކްޝަން/ ހއ. މާރަންދޫ މަދަރުސާ

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް: އިތުރުގަޑީގައްޔާއި ބަންދު ދުވަހު މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައްވެސް ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ސްކޫލުގެ އޮފީހާއި އެހެނިހެން ރޫމްތައް ކުނިކަހައި ސާފުކޮށް، ދޮރުތަކާއި އެތެރެ ފޮޅައި ސާފުކޮށް މޮޕްލުން.

2. ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

3. ސްކޫލުގައި ހުރި ފަރުނީޗަރާއި، ކޮމްޕިއުޓަރާއި، ޕްރިންޓަރުފަދަ ތަކެތި ހިރަފުސްފޮޅައި ސާފުކޮށް ބެލެހެއްޓުން.

4. ދަރިވަރުން ސްކޫލުގައި ތިބޭ ވަގުތަކުގައި، ދަރިވަރުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިވުން.

5. ސްކޫލުން ބާއްވާ އެކިއެކި ހަރަކާތްތަކަށް ސްކޫލުގެ ގޯތިތެރެ ތައްޔާރުކުރުމާއި، ޖަލްސާތަކާއި މުބާރާތްތަކަށް ތަން ޒީނަތްތެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން.

6. ކުނިކަހައި ފޮޅައި ސާފުކުރާ ސަރަހައްދުގެ ކުނި ނައްތައިލުން.

7. ސްކޫލުގެ އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔެކިޔުންތައް ހަވާލުކުރުން.

8. ސްކޫލުގެ އާބާތުރަފިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެއްބާރުލުންދިނުން.

9. ސްކޫލުގެ މަޤްޞަދު ހާސިލުކުރުމަށާއި، މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވެ، އެއްބާރުލުންދިނުން.

10. ސްކޫލުގެ ގޯތީގައިވާ ބޮޑެތިގަސްތައް ކޮށުމާއި، ބަގީޗާގެ ގަސްތައް ކޮށުމާއި، އުފެދޭ ކުނި ނައްތައިލުން.

11. ސްކޫލުގެ ފުރާޅުތަކާއި، ދިޔަދޮވިތަކާއި، ފެންތާނގީތައް ސާފުކުރުން.

މަޤާމަށް އެދެންވީ ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް މާރަންދޫ މަދަރުސާއަށް ހުށަހަޅަންވާނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމީ ފެންވަރު.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) )

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ރ- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި މަދަރުސާގެ 6500535 ނަންބަރު ފޯނާއެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ