ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ކެމެރާ ސިސްޓަމް ހޯދަން ބޭނުންވެއްޖެ:
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2016/10 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ، ނަންބަރު MMS-A/2016/16 އިޢުލާން އަލުން ކުރެވުނެވެ. ނަމަވެސް، މި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި އެކި ލިޔެކިޔުން މަދުވެފައިވާތީ، އެ އަންދާސީހިސާބުތައް ވަނީ ބާޠިލުކުރެވިފައެވެ. އެހެންކަމުން، ސެކިއުރިޓީ ކެމެރާ ސިސްޓަމް ހޯދަން އަލުން އިޢުލާނުކުރަމެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 8 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި ސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 ފޯނަށް ގުޅުއްވުން އެދެމެވެ.