ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޓޯރކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ސްޓޯރކީޕަރ  

ބޭނުންވާ އަދަދު:

1 (އެކެއްް)

މަޤާމުގެ ރޭންކް:

GS3

މަޤާމުގެ ކްލެސިފިކޭޝަން:          

އޮފިސަރ ގްރޭޑް 1      

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން / ސެކްޝަން:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް / ހދ. ކުޅުދުއްފުށީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ހޮސްޕިޓަލާއި ހދ. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ މަސައްކަތްކުރުމާއި، ހޮސްޕިޓަލުގެ ސްޓޮކް ރަނގަޅަށް ބެލެހެއްޓުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. ޕްރޮކިއުމެންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖުމަންޓް، އެސެޓް މެނޭޖުމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖުމަންޓް، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއުމެންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖުމަންޓް، އެސެޓް  މެނޭޖުމަންޓް،  އެކައުންޓިންގ،  އެކައުންޓިންގ  އެންޑް  ބިޒްނަސް،  އޭ.ސީ.ސީ.އޭ، މެނޭޖުމަންޓް، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ  އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ)

4- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ)

ސުންގަޑި:

2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، 2016 ވަނަ އަހަރުގެ ޖޫންމަހުގެ 15 އާއި 30 އާ ދެމެދު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް 6528193 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.  

18 ޝަޢުބާން 1437

25 މޭ 2016
ހޯދާ