މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)321/321/2016/39 (08 މޭ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށްފީމެވެ.  

އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ޕާކުހެދުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި ގަސްއިންދާ މީހުންނަށް އިށީންދެވޭނެ ނިޒާމަކާއި ކުޑަކުދިންނަށް ކުޅެއުޅެވޭނެ ނިޒާމެއް ޤާއިމުކޮށް، ޕަބްލިކް ޕްރައިވެޓް ޕާޓްނަރސިޕް އުސޫލުން، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޕާކު ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ޕާކު ތަރައްޤީކޮށްދޭ ފަރާތަކަށް ޕާކުތެރެއިން 1500 އަކަފޫޓުގެ ބިމެއް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ހަވާލުކުރެވޭނެއެވެ. އަދި މި ޕާކުގެ %40 ގައި ގަސްއިންދާ ފެހިކޮށް ބޭއްވުމާއި މި ގަސްތައް ގަވާއިދުން ބެލެހެއްޓުމަކީ، މި ޕާކު ތަރައްޤީކުރާ ފަރާތުގެ ޒިންމާއެކެވެ. މިކަމުގައި ކައުންސިލުގެ އިދާރާއަށާއި މިކަން ކުރާ ފަރާތަށްވެސް ފައިދާކުރާނެ ގޮތަކަށް އަދި ރައްޔިތުންނަށް އުފާވެރި، ހިތްހަމަޖެހޭ ރީތި މާޙައުލެއް ޤާއިމުކުރެވޭނެ ގޮތަކަށް ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި "ޕާކު ތަރައްޤީކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

18 ޝަޢުބާން 1437

25 މޭ 2016
ހޯދާ