ދިވެހިރާއްޖެ
ސްކޫލަށް ޓީވީ ވިއްކާނެ ފަރާތެއް ހޯދުމާގުޅޭ:
މި ސްކޫލަށް ބޭނުންވާ 7 ޓީވީ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ސްކޫލަށް ޓީވީ ގަތުމަށް ބޭނުންވެގެން 15 މޭ 2016 ގައި ކުރި ނަންބަރު GS123/IUL/2016/19 ގެ އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑުތައް، މި ކަމަށް ދެވުނު މަޢުލޫމާތު ކަރުދާހާ އެއްގޮތަށް ފުރިހަމަ ކޮށްފައިނުވާތީ، އެބިޑުތައް ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލަށް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 08 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޫކުރާ އަންދާސީހިސާބު ފޯމުންނެވެ. މި ފޯމު ދޫކުރެވޭނީ މިކަމަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަތުމުން މަޢުލޫމާތު ދޭ ގަޑީގައެވެ.
މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހަކީ ކޮންފަރާތަކުން ފޮނުއްވާ ފަރާތެއްކަން އެނގޭނެ، ފޮނުއްވާ ފަރާތުގެ ސިޓީއަކާއި، އައި.ޑީ ކާޑުގެ ދެފުށް ކިޔަން އެނގޭނޭ ސާފުކޮޕީއަކާއި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ގެންނަވަންޖެހޭނެއެވެ.
މިކަމާ ގުޅިގެން ދެވޭ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ފޯމު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުނަމަވެސް އެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 ޝަޢުބާން 1437