ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކުޑަދޮރުފަތްތަކާއި ބޮޑު ދޮރުފަތްތައް މަރާމާތުކޮށް، ތަންޑުތަކާއި ވައިތަންޑުތައް ހަރުކޮށް ދަވާދުލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި މަދަރުސާގެ ދެބުރި ޢިމާރާތުގެ މަތީބުރީގެ 4 ކްލާސްރޫމުގެ ކުޑަދޮރުފަތްތަކާއި، ބޮޑު ދޮރުފަތްތައް މަރާމާތުކޮށް ތަންޑުތަކާއި ވައިތަންޑުތައް ހަރުކޮށް ދަވާދުލުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.

އައިޓަމު/ ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

12-06-2016

އާދީއްތަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

އަންދަސީހިސާބު ހުށަހެޅުއްވުން

19-06-2016

އާދީއްތަ

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

19 ޝަޢުބާން 1437

26 މޭ 2016
ހޯދާ