ދިވެހިރާއްޖެ
މަޤާމް :އެއަރވާރދިނަސް އިންސްޕެކްޓަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އެއަރވާރދިނަސް އިންސްޕެކްޓަރ (ޖޮބް ރިފަރެންސް ނަންބަރު J/2016/52) ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުނީގެ ސޭފްޓީ މެނޭޖްމަންޓް މެނުއަލް އަދި ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އެއާރލައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން. ފެންވަރުު: - އެއިރޮނޮޓިކަލް އިންޖީނިއަރިންގގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ ބީ 1 އަދި ބީ 2 އެެއަރކްރާފްޓް މެއިންޓަނަންސް ޓްރެއިނިންގ ފުރިހަމަކޮށްފައިވުން. މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންކަން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - އެމް.ސީ.އޭ.އާރު 66 މޮޑިއުލް 10 އެގްޒަމިނޭޝަންސް. - ކުއަލިޓީ އޮޑިޓް ޓްރެއިނިންގ. - ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް (އެސް.އެމް.އެސް) ޓްރެއިނިންގ. ތަޖުރިބާ: - އެއަރކްރާފްޓް މެއިންޓަނަންސް، ކުއަލިޓީ ސިސްޓަމްސް އަދި އެކްސިޑަންޓް / އިންސިޑަންޓް އިންވެސްޓިގޭޝަންގެ ދާއިރާއިން ތަޖުރިބާހުރުން. ޝަރުޠު: - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން. - މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން. މަސައްކަތް ކުރަންޖެހޭ ތަން: ސޭޕްޓީ އެންޑް ކުއަލިޓީ ޑިޕާޓްމަންޓް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓް |
ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް
އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް
މ. ރާވެރިގެ، މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެ ވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.
26 ޝަޢުބާން 1437