ދިވެހިރާއްޖެ
|
އިޢުލާން އައްޑޫ ސިޓީ، ފުވައްމުލަކާއި، ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭގޮތަށް ސަރަހައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ) – އޮން ސައިޓް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓ (އޭ.އެފް.ޑީ) ގެ ލޯނު އެހީއާއި، ދިވެހި ސަރުކާރުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އައްޑޫ ސިޓީގައި "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެދަށުން ވޭސްޓް ޓު އެނަރޖީ ސިސްޓަމް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީގައިކަމަށްވިއަސް، މި މަޝްރޫޢަކީ އައްޑޫ ސިޓީއާއި ފުވައްމުލަކާއި ހުވަދު އަތޮޅު ދެކުނުބުރިއާއި އެއަ ތޮޅު އުތުރުބުރި ހިމެނޭގޮތަށް ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދިއުމަށް އެކުލަވައިލާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގުމަށްޓަކައި 'ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) އެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ޕީ.އައި.ޔޫގެ ދަށުން މަޝްރޫޢުގެ މަސައްކަތްތައް ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދަން ބޭނުންވެއެވެ. އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް، ޕްރޮޖެކްޓް ޑޮކިއުމަންޓާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެމަތިން ރާވައި، މެނޭޖްކުރުމާއި، ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގައި ޕްރޮޖެކްޓުގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ. މި މަޤާމަށް ހޮވޭ ފަރާތް މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި: (ހ) ކޮމާރސް ނުވަތަ ސައިންސް ސްޓްރީމުން އެޑްވާންސް ލެވެލް ސެޓުފިކެޓް ހޯދާފައިވުން. (ށ) މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ނ) ދިވެހިބަހާއި އިނގިރޭސިބަހުން ރިޕޯޓް ތައްޔާރުކުރުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން. (ރ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ބ) ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. (ޅ) ހަވާލުކުރެވޭ މަސައްކަތް ތަރުތީބުން ފުރިހަމަކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. (ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން. (އ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އުޖޫރަ: މި މަޤާމުގެ މުސާރައަކީ، މަހަކު -/15،000 ރުފިޔާއެވެ. އަދި ފޯނު/އިންޓަރނެޓުގެ ޚަރަދަށް މަހަކު -/3،000 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މުއްދަތު: - މި މަސައްކަތުގެ މުއްދަތަކީ، 36 (ތިރީސް ހައެއް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތައް: - މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ. - ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަނާއެކު ހުށަހަޅަންވާނެއެވެ. ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. އިންޓަވިއު: އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. އިތުރު މަޢުލޫމާތު: - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާއި ހަވާލުކުރެވިފައިވާ މަޤާމުގެ މަސައްކަތް ކުރަމުންދާގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ. - މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ސާފުކުރުމަށް، 3018329 ނަންބަރު ފޯނަށް ނުވަތަ 3018431 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
19 ޝަޢުބާން 1437
