މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފަސޭހަ މަދަދު – ޓެކްސީކުރާ ކާރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އިޢުލާން

ފަސޭހަ މަދަދު – ޓެކްސީ އައު ކުރުމާ ބެހޭ

މިނިސްޓްރީއިން އެއްގަމުގައި ދުއްވާ ކާރު ފަދަ އުޅަނދުފަހަރު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލުމުން އިޢުލާން ނަންބަރު (IUL)101-EP/1/2016/56  ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ "ފަސޭހަ މަދަދު" އިސްލާމިކް ފައިނޭންސިންގ ސްކީމުގެ ދަށުން ފައިނޭންސް ކުރުމަށް ކަނޑައެޅިފައިވާ އިޤުތިޞާދީ ދާއިރާތަކުގެ ތެރެއިން ޓެކްސީ އައު ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެއްގަމުގައި ދުއްވާ އުޅަނދު ފޯރުކޮށްދިނުމަށް ބޭނުންވެއެވެ.

ވީމާ، އެއްގަމުގައި ދުއްވާ ކާރު ފަދަ އުޅަނދުފަހަރު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި މެންދުރު 13:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓަށް / ބޮޑުތަކުރުފާނު މަގު / ގްރައުންޑް ފްލޯއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޝަޢުބާން‏ 1437

26 މޭ 2016
ހޯދާ