|
1. މާލޭގެ ބިންތަކާއި މާލޭގެ އަރބަން ޑިވެލޮޕްމަންޓާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކަށް ދޭންޖެހޭ ޖަވާބު، ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުން.
2. މާލޭ ޕްލޭނިންގއާއި ރީޑިވެލޮޕްމަންޓާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް، ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުން.
3. މާލޭ ރީޑިވެލޮޕްމަންޓާ ގުޅޭގޮތުން ހިންގޭ ތަފާތު މަޝްރޫޢުތަކުގެ އިދާރީ މަސައްކަތްތައް، އިސްވެރިންގެ ލަފާގެމަތިން ހިންގުން.
4. މާލޭގެ އަރބަން ޑިވެލޮޕްމަންޓާ ގުޅިގެން މާލެއާއި ވިލިނގިލިން ދޫކުރެވޭ ބިންތަކުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
5. އަރބަން ޑިވެލޮޕްމަންޓް ސެކްޝަނަށް ލިބޭ އެހެނިހެން ސިޓީތަކާއި އިންޓަރނަލް މެމޯތަކަށް ޖަވާބު ތައްޔާރުކުރުމާއި، މިކަމާބެހޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
6. އަރބަން ޑިވެލޮޕްމަންޓް ސެކްޝަނުގެ ފަރާތުން ހިންގާ މުހިންމު މަސައްކަތުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ޔައުމިއްޔާއަށް ދެމުން ގެންދިއުން.
7. އަރބަން ޑިވެލޮޕްމަންޓާ ގުޅޭގޮތުން އުފެދިފައިވާ ކޮމިޓީތަކުގެ ޖަލްސާތައް އިންތިޒާމްކޮށް ރާވައި ހިންގުމާއި، މި ކޮމިޓީތަކުން ނިންމާ ނިންމުންތައް ޔައުމިއްޔާކޮށް ބެލެހެއްޓުމާއި، މި ނިންމުންތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް މިކަން ބެލެހެއްޓުން.
|