އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ޖަނަރޭޓަރ ވިއްކާލުން

އިޢުލާން

ބާ 03 ޖަނަރޭޓަރ ވިއްކާލުން

މި ރަށުގެ ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރަމުން ގެންދިޔަ އަދި މިހާރު ސްޓެލްކޯ އިންޖީނުގެއަށް ބޭނުންކުރުމަށް ނަގައިފައިނުވާ މިދަންނަވާ ބާ 03 ޖަނަރޭޓަރ ވިއްކާލުމަށް މި ކައުންސިލުން ނިންމަވައިފިއެވެ.

ޖަނަރޭޓަރގެ މަޢުލޫމާތު:

1- ޖަނަރޭޓަރ (ކަމިންސް 6CT.83) 125KVA (100KW)ގެ 2009 ވަނައަހަރުގެ

2- ޖަނަރޭޓަރ (ޑޮއިސް GSW.105) 105KVA (86KW)ގެ 2009 ވަނައަހަރުގެ

3- ޖަނަރޭޓަރ (ކަމިންސް 4BT.39) 60KVA (48KW)ގެ 2009 ވަނައަހަރުގެ

މަޢުލޫމާތު ސާފުކޮށްދިނުން:

މި ޖަނަރޭޓަރުތައް ދެއްކުމާއި މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 31 މޭ އަދި 02، 01 ޖޫން (އަންގާރަ، ބުދަ އަދި ބުރާސްފަތި) މި 03 ދުވަހުގެ 12:00 ން 14:00 އާ ދެމެދު މި އިދާރާއާއި އިންޖީނުތައް ބެހެއްޓިފައިވާ ސައިޓުގައެވެ. (އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6680888 އަދި 7998815 ނަންބަރުތަކާއެވެ.)

- ބިޑް ހުށަހެޅުން:

(ހ) މިއިން ޖަނަރޭޓަރެއް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައިގަތުން އޮންނާނީ، ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

(ށ) ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކަށްވެސް ބިޑް ހިއްޕަވައިގެން ދުރުވެވިދާނެއެވެ. އަދި 03 ޖަނަރޭޓަރު ބައްލަވައިގަތުމަށް އެއް ބިޑަކުންވެސް ހުށަހެޅިދާނެއެވެ. އަދި ވަކިވަކިން އެއް ޖަނަރޭޓަރަށްވެސް ބިޑު ހުށަހެޅުއްވޭނެއެވެ.

(ނ) ޖަނަރޭޓަރެއް ބައްލަވައިގަނެވޭނީ (ނުވަތަ ހަވާލުކުރެވޭނީ) އެންމެމަތީއަގު ހުށަހެޅުއްވި ފަރާތްތަކަށެވެ. އަދި ޖަނަރޭޓަރ ދޫކުރާނީ ނުވަތަ ގެންދެވޭނީ އަގު ދެއްކެވުމަށްފަހުގައެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

15 ޝަޢުބާން 1437

22 މޭ 2016
ހޯދާ