މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސްގެ ފަރާތުން ކުރެހުމުގެ މުބާރާތް

އިޢުލާން

މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާ ބެހޭ ޖަމުޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢު، "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" ގެ ފަރާތުން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އާންމު ފަރުދުންގެ މެދުގައި ކްލައިމެޓް ޗޭންޖް އަދި އެނަރޖީ އެފިޝެންސީ އަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މި މުބާރާތް ކުރިއަށް ދާނީ 03 ޖޫން 2016 ން 04 ޖުލައި 2016 ގެ ނިޔަލަށެވެ. މި މުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވާ ކުރެހުންތައް ގާރލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށްޓަކައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝެންސީ ބެޖް ފަރުމާކުރުމަށް ބޭނުންކުރާނެއެވެ.

ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް

ކެޓަގަރީ 1: 6 އަހަރާއި 9 އަހަރާ ދެމެދު

ކެޓަގަރީ 2: 10 އަހަރާއި 11 އަހަރާ ދެމެދު

ކެޓަގަރީ 3: 11 އަހަރާއި 17 އަހަރާ ދެމެދު

ކެޓަގަރީ 4: 18 އަހަރާއި 25 އަހަރާ ދެމެދު

ވަނަތަކާއި އިނާމުތައް ކަނޑައެޅިފައިވާ ގޮތް

މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން 2،1 އަދި 3 ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކެޓަގަރީއަކުން ވަނަ ލިބޭ ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

1 ވަނަ އަށް -/2,500 ރުފިޔާގެ ގިފްޓް ވައުޗަރ އެއް
2 ވަނަ އަށް -/1,000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް
3 ވަނަ އަށް -/500 ރުފިޔާގެ ގިފްޓް ވައުޗަރ އެއް

މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުންނަންވާނީ މި މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މުބާރާތުގެ މަޢުލޫމާތު ކަރުދާސް 2016 ޖޫން 03 ވާ ހުކުރު ދުވަހުން ފެށިގެން މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv ން އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް "facebook.com/environment.gov.mv " ން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ބަލައިގަންނާނެ އެންމެފަހު ތާރީޚަކީ  2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ކުރެހުންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތަށް ކުރެހުންތައް ހުށަހަޅާނީ  ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ރެޖިސްޓްރޭޝަން ފޯމާއި ކުރެހުމުގެ އަސްލު A4 ސައިޒުގެ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ތިރީގައިއެވާ އެޑްރެހަށެވެ. ސިޓީއުރައިގެ ބޭރުގައި، މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ރެޖިސްޓްރޭޝަން ފޯމާއެކު ހުށަހަޅާ ކުރެހުންތައް މުބާރާތުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:  3018300+ (960) , 3018201 +(960)

26 މޭ 2016
ހޯދާ